ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޗާޕް މެޝިނެއް ހޯދުމަށް
- މި މަރުކަޒަށް ޗާޕު މެޝިނެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 އެޕްރީލް 2022 އިން 14 އެޕްރީލް 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00އަށް މި މަރުކަޒުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އޮން ލައިންކޮށް ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 އެޕްރީލް 2022 އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ18 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 11:00ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 20 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ. ބިޑް، އޮންލައިންކޮށް ހުށަހަޅުއްވަންބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.
- ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު6528817 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
- ފޯން: 6528817
- އީ-މެއިލް: [email protected]
12 އޭޕްރިލް 2022
ހޯދާ