ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބިންތަކުގެ ތެރެއިން އިޖުތިމާޢީ ސަރަހައްދުތަކުގައިވާ ހުސްބިންތައް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް އިޢުލާންކުރަމެވެ. މިގޮތުން 03 ބިމެއް ބީލަން އުޞޫލުން ދޫކުރުމަށް މިކައުންސިލުން ވަނީ ނިއްމަވާފައެވެ. މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ބިން ކުއްޔަށް ލިބުމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ދޫކުރާ ބިންތަކުގެ އަދަދާއި ދޫކުރާ ބިމުގެ އަކަފޫޓް ތިރީގައި އެވަނީއެވެ. މިބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ " ކޮޅުމަޑުލު ބުރުނީ އިޖުތިމާޢީ ސަރަހައްދުތަކުގައިވާ ހުސްބިންތައް ވިޔަފާރި އުޞޫލުން ކުއްޔަށް ދިނުމުގެ އުޞޫލު " ގެ ދަށުންނެވެ.
# |
ދޫކުރާ ބިމުގެ ތަފްޞީލް |
އަކަފޫޓް |
ދޫކުރާ ބިމުގެ އަދަދު |
1 |
ބީޗްރޯޑް2 މަގުގެ ދެކުނުން މަސްޖިދު ބުރުނި މިސްކިތުގެ ހުޅަނގުން އޮތް ހުސްބިން |
2800.00 އަކަފޫޓް |
1 ބިން |
2 |
ބީޗްރޯޑް1 މަގުގެ ދެކުނުން ޖަރީމަގުގެ އިރުން އޮތް ހުސްބިން |
3000.00 އަކަފޫޓް |
01 ބިން |
3 |
އަނާރުކަލީ ގޯތީގެ ދެކުނުން އޮތް ހުސްބިން |
2100.00 އަކަފޫޓް |
01 ބިން |
1- މި ބިޑް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 11 އޭޕްރީލް 2022 ން ފެށިގެން 18 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 11:00 އާ ހަމައަށް ފޯނުން ގުޅައިގެންނާއި ، އީމެއިލް މެދުވެރިކޮށެވެ. ބިޑްގައި ރަޖިސްޓްރީ ވެވަޑައިގަތުމުން ބިޑާގުޅޭ މަޢުލޫމާތު އީ މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
3- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
4- ބިޑްހުޅުވުން އޮންނާނީ 24 އޭޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. ބިޑްހުށަހެޅުމަށް ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
5- ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ
- ފޯން: 6780038
- އީމެއިލް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.