ދިވެހިރާއްޖެ
އިޢުލާން
ބަދިގެބާކީކުނި އުކާލާނެ ފަރާތެއް ހޯދުން
ކައުންސިލްގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ކުނިއުކާލުމުގެ ޚިދުމަތުންނެގޭ ބަދިގެބާކީކުނި (ކުނިވާޒާތުގެ ކުނި) އުކާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 އޭޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
17 އޭޕްރީލް 2022 |
އާދީއްތަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
20 އޭޕްރީލް 2022 |
ބުދަ |
11:00 |
ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް: %80 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މަސައްކަތުގެ ތަޖުރިބާއަށް: %20 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.