ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާއި ގުޅޭ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކް އާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމުގެ މަޤްސަދުގައި ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން، އެކައުންޓިންގ، އިންފޯމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ)، އަދި ޑައިވިންގ މި 3 ދާއިރާއަށް ޚާއްސަކޮށް ހުޅުވާލެވޭ މި ތަމްރީނު ފްރޮގްރާމްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މައުލޫމާތު ޝީޓަށް ރިއާޔަތްކޮށް އެ ކަރުދާހުގައި ހިމަނާފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ ސުންގަޑިތަކުގެ ކުރިން މަތީގައި ދެންނެވުނު އެޕްލިކޭޝަން ފޯމާއެކީ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
# |
ދާއިރާ |
ސުންގަޑި |
1 |
އެކައުންޓިންގ ދާއިރާއާ ގުޅޭ ކޯސްތައް |
19 އެޕްރީލް 2022 |
2 |
އައި.ސީ.ޓީ ދާއިރާއާ ގުޅޭ ކޯސްތައް |
23 އެޕްރީލް 2022 |
3 |
ޑައިވިންގ ދާއިރާއާ ގުޅޭ ކޯސްތައް |
23 އެޕްރީލް 2022 |
އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަދި އެހެނިހެން މަޢުލޫމާތު މި އިޢުލާނުގައިވާ އިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޕްރޮގްރާމްތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް 04 އެޕްރީލް 2022 ގައި ކުރި އިޢުލާން (ނަންބަރު: (IUL)101-AS/1/2022/71)، މި އިޢުލާނާއެކީ ބާތިލް ކުރެވިފައިވާނެއެވެ.
11 ރަމަޟާން 1443
12 އެޕްރީލް 2022