މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ގަވާއިދު ނަމްބަރު 2017/R (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން ތިރީގައި މިދަންނަވާ 3(ތިނެއް) ސިލަބަސް ހަދައިދޭނެ ފަރާތެއް ހޯދުން.

އިޢުލާން

ގަވާއިދު ނަމްބަރު 2017/R (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން ތިރީގައި މިދަންނަވާ 3(ތިނެއް) ސިލަބަސް ހަދައިދޭނެ ފަރާތެއް ހޯދުން.

 

 

ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި  އެގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރު  ބަންނަ  މާވަޑިންނާއި، ބޯޓު އިންސްޕެކްޓަރުން  އަދި ނޭވަލް އާކިޓެކްޗަރުން ތަމްރީނުކުރުމަށް ތިރީގައި މިދަންނަވާ ސިލަބަސްތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2022 މާރިޗު 10 ވަނަ ދުވަހު ކުރެވުނު ނަމްބަރު IUL)472 /1/2022/25) އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް މައުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

1. އުޅަނދުފަހަރު ބަނުމުގެ މަސައްކަތުގައި އިންސްޓިއުޓަކުން ކިޔެވުމަކާއި ނުލައި މަސައްކަތުގައި ދެމިތިބި މާވަޑިން، މާވަޑިންގޮތުގައި ތަމްރީނުކުރުމުގެ ސިލަބަސް

2. އުޅަނދުފަހަރު ބަނުމުންދާގޮތް އިންސްޕެކްޓް  ކުރާނެ ބޯޓް އިންސްޕެކްޓަރުން ތަމްރީނުކުރުމުގެ ސިލަބަސް.

3. ނޭވަލް އާކިޓެކްޓުންގެ ގޮތުގައި 8 (އަށެއް) މީޓަރުން ފެށިގެން މަތީގެ އުޅަނދުފަހަރުގެ ކުރެހުންތަކާއި ސްޓެބިލިޓީ އެނގޭ ފެންވަރަށް މީހުން ތަމްރީނުކުރުމުގެ ސިލަބަސް.

        ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް. ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

      އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

12 އޭޕްރިލް 2022
ހޯދާ