ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތަކެއް ގަންނަން
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިދާރާއަށް އެއަރކޮންޑިޝަންތަކެއް ގަންނަން ބޭނުންވެގެން ކުރި 2014/38/T/IU-ފ57 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ދެފަރާތުން ހާޒިރުވުމާ ގުޅިގެން އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
13 ޛުލްޤަޢިދާ 1435
08 ސެޕްޓެންބަރު 2014
ހޯދާ