މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް ޤާއިމު ކުރުން

މިމިނިސްޓްރީގެ ނަންބަރު IUL)30-J/30/2014/33)ފ(22 ޖުލައި 2014) ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން މިތަކެތި އުފައްދާ ފަރާތްތައް އަދި އުފެއްދުންތައް މި މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށް ހުޅުވާލި މުއްދަތުގެ ސުންގަޑި 20 އޮކްޓޫބަރު 2014 ގެ 13:00 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.

މިގޮތުން ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފައްދާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ އުސޫލު އަދި ރަޖިސްޓަރީވުމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވެބްސައިޓް www.fishagri.gov.mv އަދި ރަށުކައުންސިލް/ ސިޓީކައުންސިލުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322625 ނުވަތަ 3339248 ނަންބަރާ ގުޅުއްވައި މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

7‏ ޛުލްޤަޢިދާ‏ 1435

02 ސެޕްޓެންބަރު 2014
ހޯދާ