އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ހޭންޑް

 

ނަމްބަރު:2022/851/IAS/MIS

ވަޒީފާގެ ފުރުޞަތު

އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑްގެ ފަރާތުން ޚިދުމަތް ދެމުންދާ ސ.ގަން އެއާރޕޯރޓްގައި ވަޒީފާ އަދާކުރެއްވުމަށް ޝައުގުވެރިވާ ޤާބިލް ދިވެހިންނަށް ތިރީގައި ބަޔާންކުރެވިފައިވާ ވަޒީފާގެ ފުރުސަތަށް މަރްޙަބާ ދަންނަވަމެވެ.

ހޭންޑް - (ޖޮބް ރިފަރެންސް ނަމްބަރު:(J/2022/70

ކުރަންޖެހޭ މައިގަނޑު މަސައްކަތް: އެއަރޕޯޓްއޮފީސް ސާފުކޮށް ބެލެހެއްޓުން، އޮފީހަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުތު:

  • ގްރޭޑް 10ގެ ފެންވަރު ހުރުމާއިއެކު އިނގިރޭސިބަހުން ލިޔަން ކިޔަން އެނގުން
  • މިމަޤާމަށް މީހަކު ހޮވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓެގަރީ ބީ 1 އަދި  ސީ 1 ހޯދައިފައިވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ގަން އިންޓަރނޭޝަނަލް އެއަރޕޯޓް

 

މި މަގާމަށް ހޮވޭފަރާތްތައް މަސައްކަތްކުރަންޖެހޭނީ ސ.ގަން އެއަރޕޯޓްގައެވެ. އަދި މިމަގާމުތަކަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ މީހުންނަށް އިސްކަންދެވޭނެއެވެ. ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، 18 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓް، އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް

ދާރުލް ޢީމާން ބިލްޑިންގ 20345، މާލެ، ދިވެހިރާއްޖެ

ފޯން ނަމްބަރު: 3331268 / 3024705 ފެކްސް ނަމްބަރ: 3314806

އީމެއިލް: [email protected] (އީމެއިލްގައި ވަޒީފާއަށް އެދި ހުށަހަޅާ މަޤާމް އަދި ޖޮބް ރެފެރެންސް ނަމްބަރު ހިމެނުން އެދެމެވެ).

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯރމް މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ  www.maldivian.aeroއެވެ. އަދި މި ވަޒީފާ އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުތުހަމަނުވާ އެޕްލިކޭޝަންސް ޑިސްކުއަލިފައި ވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯރޓްލިސްޓެޑް ފަރާތްތަކަށް ކަމުގައިދެންނެވީމެވެ. 

11 އެޕްރީލް 2022މ.

10 ރަމަޟާން 1443ހ.

 

11 އޭޕްރިލް 2022
ހޯދާ