ދިވެހިރާއްޖެ
ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 20 މާރިޗު 2022 ގައި ކުރި ނަމްބަރ (IUL)236-IED/236/2022/11 އިޢުލާނާއި ގުޅިގެން އިޖާބަދީފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ބޮޑުކަމަށްފެންނާތީ އެ އިޢުލާނު ބާޠިލު ކޮށް އަލުން އިޢުލާންކުރަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން |
17 އެޕްރީލް 2022 ވަނަދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައައުންސިލްގެ އިދާރާ 6724717 / 6724718 ފޯނަށް ގުޅުއްވާ ނުވަތަ https://forms.gle/iN27Qm65E8K5cr1o8 ފޯމް މެދުވެރިކޮށް ރަޖިސްޓްރީކުރުން |
|
ޕްރީބިޑް މީޓިން |
18 އެޕްރީލް 2022 ( ހޯމަ ) 11:00 |
މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް |
ބީލަން ހުށަހެޅުން |
25 އެޕްރީލް 2022 ( ހޯމަ ) 11:00 |
މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ |
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.