ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2022/33(IUL)
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ދަޅާއި ދަގަނޑުގެ ބާވަތްތައް އެޅުމަށް ޙާއްޞާ ކުރެވިފައިވާ ސަރަހައްދުގައި ފެންސެއް ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްގެން މިއިދާރާއިން ކުރި، ނަމްބަރ:331/331/2022/29(IUL) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެމަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 އެޕްރީލް 20 ވަނަ ދުވަހުގެ 11:30 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.