ދިވެހިރާއްޖެ
މި އިޢުލާންވަނީ 12 އެޕްރީލް 2022 09:15 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާނު
"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން
ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން "މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައިކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ރާއްޖޭަގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ނެރެމުންދާ، މި ކޮމިޝަންގެ ލައިސަންސްގެ ދަށުން ބްރޯޑްކާސްޓްކުރާ ފަރާތަކަށް ނިސްބަތްނުވާ، އޮންލައިން މީޑިއާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
ތަފްސީލް | ތާރީޚް | ދުވަސް | ގަޑި |
މަޢުލޫމާތު ސާފުކުރުން | 19 އެޕްރީލް 2022 | އަންގާރަ | 10:00 |
އަންދާސީ ހިސާބު ހުށަހެޅުނ | 24 އެޕްރީލް 2022 | އާދިއްތަ | 10:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް |
އީމެއިލް: [email protected] / [email protected] 3334333 / 3334328 |
11 އެޕްރީލް 2022