މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ. މަނިޔަފުށީގައި ކައްކާ އެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގަމުންދާ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުން ހިންގޭ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ކެއްކުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތުގެ ތަފްސީލް:

  • ކ. މަނިޔަފުށީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކެއުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދީ ކާން ހެދުން.
  • ކ. މަނިޔަފުށީގެ މުވައްޒަފުންނަށް ކާން ހަދައި، އަދި ކައި ނިމުމުން ތަށި، ސަމުސާ، އޫ ފަދަ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.
  • ކައްކަން ގެންގުޅޭ އެންމެހައި ތަކެތި ސާފުކޮށް ދޮވެ ބެލެހެއްޓުން.
  • ކ. މަނިޔަފުށީގެ ބަދިގެއާއި ކާގެ، ކުނިކަހައި މޮޕްއަޅައި ސާފުކޮށް ބެލެހެއްޓުން.
  • ބަދިގެއާއި ކާ ބައިގައިގައިވާ މޭޒުތަކާއި ގޮނޑިފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  • އަދި މިނޫނަސް ބަދިގޭއާއި ކާބައިގައިވާ އެންމެހައި ތަކެތި ސާފުކޮށް ބެލެހެއްޓުން.

ނޯޓު: މި މަސައްކަތް ކުރުމަށްޓަކައި ހޮވޭ ފަރާތަކަށް ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:                1

މުއްދަތު:                     1 މަސް ދުވަސް.

މަސައްކަތުގެ އަގު:              12000.00 ރުފިޔާ 

މަސައްކަތް ކުރަންޖެހޭ ތަން:         ކ. މަނިޔަފުށި

ޕޮއިންޓް ދިނުމުގެ އުސޫލު :

  • ތައުލީމީ ފެންވަރު: 20 ޕޮއިންޓް ( ގްރޭޑް 7 ނިންމާފައިވާ ފަރާތެއް ނަމަ 20 ޕޮއިންޓް، ގްރޭޑް 7 އަކަށްވުރެ ދަށުގެ ސަނަދެއް ނަމަ 10 ޕޮއިންޓް)
  • ތަޖުރިބާ : 80 ޕޮއިންޓް (ކެއްކުމުގެ ތަޖުރިބާ، 1 އަހަރާއި 5 އަހަރާއި ދެމެދުގެ ތަޖުރިބާއަށް 80 ޕޮއިންޓް އަދި 1 އަހަރުން ދަށުގެ ތަޖުރިބާ އަށް 60 ޕޮއިންޓް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސްކޫލް ލީވިންގ ސެޓްފިކެޓް، ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ތަޖުރިބާ އިނގޭނޭ ލިޔުން

މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 17 އެޕްރީލް 2022 ވާ އާދީއްރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ވަޒީފާއަށް އެދި ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް އިން ނަމަ، [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ހ.ވައިޓްވޭސް

މޫންލައިޓް ހިނގުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3322328 އަދި 3028717 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

11 އޭޕްރިލް 2022
ހޯދާ