ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ގއ ކަނޑުހުޅުދޫ ހުކުރު މިސްކިތުގޯތި ތެރޭގައި ހުރި ހިނަވާގޭގެ ނުނިމި ހުރި އެންމެހާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)414/414/2022/5 އިއުލާނާއި ގުޅިގެން ހުށަހަޅަންޖެހޭ މަޖުބޫރު ލިޔެކިޔުން ހުށަޅާފައި ނުވާނީ ބިޑް ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 12 އޭޕްރީލް 2022 (އަންގާރަ) ދުވަހުގެ 09:00 ން ފެށިގެން 17 އޭޕްރީލް 2022 ވާ (އާދީއްތަ) ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6820020 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.
- މައުލޫމާތު ދިނުން – 18 އޭޕްރީލް 2022 (ހޯމަ) 10:30ގައި
- އަންދާސީ ހިސާބު ހުށަހެޅުން 24 އޭޕްރީލް 2022 (އާދީއްތަ) 10:30ގައި
ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު
- އަގަށް: %65 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
- މުއްދަތު: %20
- ތަޖްރިބާ:
- މާލީޤާބިލުކަން: 5%
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.