މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނާލޯ 2021ގެ ޑޭޓާ އެނަލައިޒް ކުރުމާއި ރިޕޯޓް ލިޔުމަށް ކޮންސަލްޓަންޓެއް ހޯދުން

އެކްސްޕްްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ދައުވަތު (ކޮންސަލްޓެންޓް)

ޕްރޮކިއުމަންޓްރިފަރަންސްMV-MOE-177107-CS-INDV

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލެމުގެ ދަށުން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން، ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް (ނާލޯ 2021)ގެ ޖަވާބުތައް އެނަލައިޒް ކުރުމަށާއި ރިޕޯޓް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށްވަނީ ހަމަޖެހިފައިއެވެ.

 

މަޤާމްކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރަންސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޤާމަށް ހޮވުން:  މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޮވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލު ކުރާ އުސޫލް، ނޮވެމްބަރ 2020" ގައި ވާ ގޮތުގެ މަތިންނެވެ.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  20  އޭޕްރިލް 2022 ގެ މެންދުރު 13:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް[email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 ޕްރޮޖެކްޓް ކޯޑިނޭޓަރ

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.                                                                      

ފޯން: 3341295

އީމެއިލް : [email protected]  

06 އޭޕްރިލް 2022
ހޯދާ