ދިވެހިރާއްޖެ
މިކޯޓުގެ ދޮރުފޮތި ސެޓް ފަހައި އަދި ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މާރިޗު 16 ވަނަ ދުވަހު ކުރެވުނު، މިކޯޓުގެ ނަންބަރު: (IUL)P4C-A2022/02 އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަދީފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު، 20 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލު ކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.