ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖެއެޓޯލް ވޮލީ ޗެމްޕިއަންޝިޕްގައި ކުޑަހުވަދޫ ކައުންސިލް ތަމްޘީލް ކޮށްދޭނޭ ފަރާތެއް ހޯދުން،

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަންބަރު:(IUL)NSA-VAM/NSA/2022/9  (10 އޭޕްރީލް 2022) ގެ އިޢުލާނާއި ގުޅިގެން، ކުޑަހުވަދޫ ކައުންސިލާއެކު ވެވޭ އެއްބަސްވުމުގެއްދަށުން، މި މުބާރާތުގައި މިކައުންސިލް ތަމްޘީލްކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ކުޑަހުވަދޫގެ ކްލަބް ޖަމިއްޔާތަކުން 14 އޭޕްރީލް 2022 ވަނަދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް 7992252 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ވީމާމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

10 އޭޕްރިލް 2022
ހޯދާ