ދިވެހިރާއްޖެ
ކޮންސަލްޓެންސީ |
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގެ މަސައްކަތް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް 'މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލް' އެއް ތައްޔާރުކުރުން. |
މަސައްކަތުގެ އަގު |
58,500.00 ރުފިޔާ |
ތަޢުލީމާއި ތަޖުރިބާ |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ގެވެށި އަނިޔާ ހުއްޓުވުގެ ޤައުމީ ސިޔާސަތު ތަންފީޒުކުރެވޭ މިންގަނޑު ދެނެގަތުމުގެ ގޮތުން 'މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލް' އެއް ތައްޔާރުކުރުން. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ވިދާޅުވެލެއްވުމަށް ތިރީގައި މިވާ ލިންކަށް ވަޑައިގެންނެވުން އެދެމެވެ. http://fpa.gov.mv/dh/images/upload/PRINT%20READY%20Domestic%20Violence%20National%20Strategy%2019-05-%202014.pdf |
މި ކޮންސަލްޓަންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއެކު މި މަސައްކަތް ކުރުމަށް ރާވާ ގޮތް (ޕްރޮޕޯޒަލް)، ހުށަހަޅަން ވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ)
ނޯޓު:
- މަތީގައިވާ ކޮންސަލްޓެންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި ކޮންސަލްޓެންސީއަކީ ކޮންޓްރެކްޓް އުސޫލުން 04 ހަފްތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ.
- ކޮންސަލްޓެންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
މި ކޮންސަލްޓެންސީއަށް އެދިލައްވާ ފަރާތްތަކުން ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް 21 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީގެ ރިސެޕްޝަނަށް (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު؛
ފޯން: 3010551
ފެކްސް: 3010552
އީމެއިލް: [email protected]
ވެބްސައިޓް: www.fpa.gov.mv
08 ޛުލްޤަޢިދާ 1435