ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މި ސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ތިރީގައި މިދަންނަވާ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރު 29/IUL)COL/1/2014)ފ(20 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އެ މަސައްކަތްތަކަށް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާތަކަކީ:

1. އިންޓްރަޑަކްޝަން ޓު އިސްލާމިކް ސަޓްޑީސް 2 (ISL015)

2. ޕްރިންސިޕްލްސް އޮފް އިސްލާމް 2 (ISL013)

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްލަން ބޭނުންނަމަ އޮފީސް ގަޑީގައި 3345187 އަށް ގުޅުން އެދެމެވެ.

8 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ