ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު:IUL)236-IED/236/2014/19) އިއުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތައް މަދުވުމާއެކު، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރީމެވެ.
ވީމާ، އަތޮޅުކުރި އިމާރާތުގެ 02 ކޮޓަރީގައި އޭސީ ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2014 ވާ ބުދަދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު:6720600 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. ފެކްސް ކުރައްވާނަމަ ކުރައްވާނީ 6720017 ނަންބަރަށެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
08 ޛުލްޤަޢިދާ 1435