މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
10 ނަންބަރު ލޯންޗު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި، މިއޮފީހުގައި ބޭނުންކުރާ 10 ނަންބަރު ލޯންޗުގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ދެވަނަ ފަހަރަށް ކުރި ނަންބަރު IUL)14-A3/1/2014/92) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

08 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ