ދިވެހިރާއްޖެ
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާ (TOR ގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތުގެ ތަފުސީލު ހިމެނޭ ޓާރމްސް އޮފް ރެފަރެންސް މިއޮތޯރިޓީގެ ވެބްސައިޓުން (http://cmda.gov.mv/docs/Website-Design-TOR-September-2014.pdf) ލިބެން ހުންނާނެއެވެ.
މިމަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ވެބްސައިޓް ޑިޒައިންކުރުމާއި ޑިވެލޮޕްކުރުމަށް ލިބިފައިވާ ތަޖުރިބާ (މާކްސް ދެވޭނީ ވެބްސައިޓް ޑިވެލޮޕްކުރުމުގެ ޕޯޓް ފޯލިޔޯ އަދި ކޮމްޕްލެސިޓީއަށް ބެލުމަށްފަހުގައެވެ.)؛
- ވެބް ޕްރޮގްރާމުން އަދި ވެބް ޑިޒައިނިންގގެ ދާއިރާއިން ނޮލެޖް ހާސިލުކޮށްފައިވާ މިންވަރު (މިދާއިރާއިން ތަޢުލީމު އަދި ތަމްރީނު ލިބިފައިވާ މިންވަރު) ؛
- ވެބް ސެކިއުރިޓީ ޓެކްނޮލޮޖީއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން؛
- TOR ގައިވާ ޑެޑްލައިންއާ އެއްގޮތަށް އުފެއްދުންތެރި އައު ޚިޔާލު ބޭނުންކޮށްގެން ރަނގަޅު ފެންވަރެއްގައި މަސައްކަތް ފުރިހަމަ ކުރުމުގެ ޤާބިލުކަން.
މަޢުލޫމާތު ފޮނުވާނީ ތިރީގައިވާ އެޑްރެހަށް؛
އަލްފާޟިލާ ޢަޒްލީމާ އަޙުމަދު (ޑައިރެކްޓަރ ޖެނެރަލް) [email protected] ނުވަތަ
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
MTCC ޓަވަރ، 4 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ
އީ-މެއިލް:[email protected]
ވެބްސައިޓް:www.cmda.gov.mv
އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގައި 3014124/ 3336619 ނަންބަރު ފޯނާއެވެ.
08 ޛުލްޤަޢިދާ 1435