ދިވެހިރާއްޖެ
އިޢުލާނު
ނަންބަރު: (IUL)391-EM/391/2022/15 |
ތާރީޚް: 10 އޭޕްރީލް 2022 |
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާގުޅޭ |
|
ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" އާއި އެއްގޮތްވާނޭ ގޮތުގެ މަތީން މިރަށުގައި ދިރިއުޅެމުންދާ ބިދޭސީންގެ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. އަދި ބިދޭސީން ގެނައުމުގެ ޤަވައިދު ނަންބަރު R-22/2011 ގެ 24 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން އެކިއެކި މަސައްކަތްތަކަށް ގެންނަ ބިދޭސީން މިދަފުތަރުގައި ރަޖިސްޓަރ ކުރުމަކީ އެބިދޭސީއަކަށް ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. ހަމަ މިއާއެކު މިޤަވައިދުގެ 24 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަސައްކަތަށް ގެންނަ ބިދޭސީމީހާ އެއްވެސް ސަބަބަކާއި ހުރެ ރަށުން ފޮނުވާލައިފިނަމަ އެކަން ކައުންސިލަށް އަންގައި ކައުންސިލުގައިވާ ދަފުތަރުން އުނިކުރުމަކީ އެބިދޭސީއަކަށް ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. ވީމާ، މިރަށުގައި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެފަރާތުން ގެންގުޅޭ ބިދޭސީންގެ ވާރކް ވީސާ ކާޑުގެ ކޮޕީ އާއި ބިދޭސީން ގެންގުޅޭ ފަރާތުގެ އައިޑީކާޑު ކޮޕީ 2022 އޭޕްރީލް 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަތީގައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފާށް އުޅޭ ކަމަށް ފާހަގަކުރެވޭ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސަސް އަށާއި މޯލްޑިވްސް އިމިގްރޭޝަން އަށް ފޮނުވުމާއިއެކު އެފަރާތްތަކާއި މެދު ޤަވައިދުން ފިޔަވަޅު އެޅޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދަފުތަރުގައި ރަޖިސްޓަރ ނުކޮށް ބިދޭސީން ގެންގުޅޭ ފަރާތްތަށް -/500 ރުފިޔާއާއި -/5000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނޭކަން އާންމުކޮށް އަންގައި އިއުލާނު ކުރަމެވެ. |
އިސްމާޢީލް އިބްރާހީމް
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ރައީސް