ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓުގެ އެތެރޭގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގެ އެކަމަޑޭޝަން ކޮޓަރިއަށް ބަދަލުގެނެސް އެޑްމިނިސްޓްރޭޝަން ޖާގަ އިތުރުކުރުމާއި، އިތުރު ގޭޓެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މާރިޗު 31 ވަނަ ދުވަހުކުރެވުނު ނަންބަރު: (IUL)P3C-A2022/06 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށްޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު،21 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތުސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލު ކުރައްވަނީ ކޮންކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީކޮޕީ) ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް 6820750 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

09 ރަމަޟާން 1443

10 އޭޕްރީލް 2022

10 އޭޕްރިލް 2022
ހޯދާ