މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލޯންޗުގެ އިންޖީނު އޯވަރހޯލް ކުރުމަށާއި ޖެޓް ސާރވިސް ކުރުމާއި އެހެނިހެން ކުދިކުދި މަރާމާތުތައް ކުރުމަށް

މި މިނިސްޓްރީގެ ލޯންޗް ހެލްތު-1 (G9988A-02 10T) ގެ އިންޖީނު އޯވަރހޯލް ކުރުމަށާއި ޖެޓް ސާރވިސް ކުރުމާއި އެހެނިހެން ކުދިކުދި މަރާމާތުތައް ކުރުމަށް ކުރެވުނު އިޢުލާން ނަންބަރު AP/2014/163ފ-23(IUL) އާ ގުޅިގެން މި މިނިސްޓްރީއިން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މި މިނިސްޓްރީގެ ލޯންޗް ހެލްތު-1 (G9988A-02 10T) ގެ އިންޖީނު އޯވަރހޯލް ކުރުމަށާއި ޖެޓް ސާރވިސް ކުރުމާއި އެހެނިހެން ކުދިކުދި މަރާމާތުތައް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ