މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

  (IUL)307/INDIV/2022/27:ނަންބަރު                                                                           

ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:

1443 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް 2022  އޭޕްރީލް 16އިން ފެށިގެން ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، މި މުބާރާތުގައި ހޮވާ އެކިއެކި ވަނަތަކަށް އިނާމު ހުށަހެޅުމުގެ ގޮތުން ފައިސާގެ އެހީތެރިކަން، ނުވަތަ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ބައިވެރިންގެ އުމުރުފުރާތަކާއި، ގޮފިތައް، އަދި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކުގެ މަޢުލޫމާތު:

  • 6 އަހަރުން ދަށް، ނުބަލައި:   1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • 9 އަހަރުން ދަށް ބަލައިގެން :  1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • 9 އަހަރުން ދަށް، ނުބަލައި:   1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • 12 އަހަރުން ދަށް، ބަލައިގެން: 1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • 15 އަހަރުން ދަށް، ނުބަލައި: 1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • 15 އަހަރުން ދަށް، ބަލައިގެން: 1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • 18 އަހަރުން ދަށް، ބަލައިގެން: 1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • 18 އަހަރުން މަތި، ބަލައިގެން: 1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން: 1 ވަނަ ، 2 ވަނަ އަދި 3 ވަނަ
  • ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން:  1 ވަނަ ، 2 ވަނަ އަދި 3 ވަނަ

ވީމާ، މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 އޭޕްރީލް 17ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅިގެން، އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 6580052 އަދި 7200072 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.  

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

07 އޭޕްރިލް 2022
ހޯދާ