ދިވެހިރާއްޖެ
07 ޖުލައި 2014 ގައި މިލަންދޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކުރެވުނު ނަންބަރު: IUL)SH-FAH-RM/INDIV/2014/16)ފ(07 ޖުލައި 2014) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އެ މަސައްކަތްތައް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 16 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00އަށް، މިލަންދޫގައި ނަމަ ށ.މިލަންދޫ ޞިއްޙީމަރުކަޒަށް، ފުނަދޫގައި ނަމަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން، ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00އަށް މިލަންދޫގައި ނަމަ ށ.މިލަންދޫ ޞިއްޙީމަރުކަޒަށް، ފުނަދޫގައި ނަމަ ށ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
13 ޛުލްޤަޢިދާ 1435