ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އިދާރާއިން އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުމަށް ކުރެވުނު ނަންބަރު: A-413/2014/48 އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ރޭންކް: ޖީ.އެސް 3
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
އޮފީސް / އިދާރާ: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރންޖެހޭ ތަން: ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 4465.00 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ބޭނުންވާ އަދަދު: 01
ތަޢުލީމާއި ތަޖުރިބާ:
1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިުން. ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- މުވައްޒަފުންނަށް ވަޒީފާ ދިނުމާބެހޭ ލިޔުންތަކާއި، ވަޒީފާ ވަކިކުރުމާ ބެހޭ ލިޔުންތައް ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ، ފައިލުކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
- މުވައްޒަފުންގެ ރިކޯޑު ފައިލާއި، ޗުއްޓީގެ ރިކޯޑު ބެލެހެއްޓުން.
- ކައުންސިލްގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމާއި، ޖަލްސާތަކުގެ އެޖެންޑާ ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ޙަވާލުކޮށް ޔައުމިއްޔާތަކާއި، އެޖެންޑާތައް އަދި ކައުންސިލުން ނިންމާ ޤަރާރުފަދަ ތަކެތި ލިޔުމާއި، ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓުތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލުގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް އިދާރާގެ ވެބްސައިޓް ހުރިނަމަ ވެބްސައިޓުގައި ނުވަތަ ނޯޓިސް ބޯޑުގައި ޝާއިޢު ކުރުމާއި، އެފަދަ ނިންމުންތައް ޔުނިޓްތަކާ ޙަވާލުކުރުން.
- ކައުންސިލުގެ ހާޒިރީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ކައުންސިލަރުންގެ ޗުއްޓީއާއި، ސަލާމުގެ ކަންތައް ބެލެހެއްޓުން.
- ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ރަށުގައި އަމަން އަމާން އަދި ސުލްޙަވެރި ވެއްޓެއް ޤާއިމު ކުރުމަށްޓަކައި ފުލުިހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކާ ވަކިފަރާތެއް ހަމަޖެހިފައިނުވާނަމަ އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާގެ އީމެއިލް ޗެކުކުރުމާއި، އީމެއިލް ކުރަންޖެހޭ ތަކެތި އީމެއިލްކުރުން.
- ހުކުރު، ޢީދު ޚުޠުބާ ހަވާލުކުރަންޖެހޭ ފަރާތަކާ ޙަވާލުކުރުން.
- ޙަވާލުކުރެވޭ މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް (ސެކްޝަނުގެ ވެރިޔާ ނުވަތަ ކައުންސިލުގެ މަޝްވަރާގެ މަތިން) ލިޔެ ފޮނުވައި ލޮގްކޮށް ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލްގެ އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
- ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތް ކުރުން.
- ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ގޮވަންޖެހޭ ގޮވުންތައް ގޮވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް ބެލެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭ އިންޓަވިއު އޮންނާނެ ތަނާއި ގަޑި ޝަރުޠުހަމަވާ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދި ސިވިސް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުއްވާ ހުށަހަޅުއްވާނީ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާއަށެވެ.
އުޖޫރައާއި އިނާޔަތް:
- ސިވިސް ސަރވިސް ގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ގެމަނަފުށީ ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ )
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭން ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
- ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7787371 ނަންބަރު ފޯނަށެވެ.
09 ޛުލްޤަޢިދާ 1435