ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަލްޓި ޕާޕަސް އޭރިއާ (6-d) އިން ފައިބަރު މަސައްކަތަށް ބިންދޫކުރުން

މިރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި6-d (މަލްޓިޕާޕަސް އޭރިއާ)ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރުމަށް ވަގުތީ ބިންތަކެއް ދޫކުރުމަށް ކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު އެނގޭނެހެން 2022 އޭޕްރިލް 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުން އެދެމެވެ.

  1. ނަން:
  2. އެޑްރެސް:
  3. މަސައްކަތް ކުރަންބޭނުންވާ ބިމުގެ ބޮޑުމިން:
  4. ބިން ނަގާބޭނުން ވިޔަފާރި / އަމިއްލަ މަސައްކަތަށް:
  5. ފޯނު ނަންބަރު:

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/9742454 އަށް ގުޅުއްވުން އެދެމެވެ.

07 އޭޕްރިލް 2022
ހޯދާ