ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޖީން އޮޕަރޭޓަރ

މިކުންފުނީގެ ފަރާތުން އއ.ރަސްދޫ އިންޖީނުގެ އާއި ޙަވާލުވުމުގެ މަސައްކަތްތައް ކުރެވެމުންދާތީ މިދަންނަވާ މަޤާމަށް މީހުން ބޭނުން ވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

އިންޖީން އޮޕަރޭޓަރ

ވަޒީފާގެ ދާއިރާ:

އއ.ރަސްދޫ އިންޖީނުގެ

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/4,900 ރ. އާއި -/10,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓު ހާސިލުކޮށްފައި ވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގައި އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓު ތަކުގެ މަރާމާތު މަސައްކަތް ކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

10 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

       މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ސެޓުފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައި ދެވޭނެއެވެ.    

        މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 1 އަހަރު ހަމަވުމުން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

      މި މަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުން، ވަނަވަރު އަދި އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް ނުވަތަ އއ.ރަސްދޫ ކައުންސިލް އިދާރާއަށް 10 ސެޕްޓެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ. އަދި މިކުންފުނިން ބޭނުންވެއްޖެނަމަ މި އިޢުލާން ބާޠިލުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

               07  ޛުލްޤައިދާ   1435

02 ސެޕްޓެންބަރު 2014
ހޯދާ