ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިޔުން

    ޓްރެކް ބިމަށް އިތުރަށް އަރައިގެން ކަނޑާފައިވާ ރުއްގަހުގެ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. 

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:

ނީލަން އޮންނަ ދުވަސް:

07 އެޕްރީލް 2022 ބުރާސްފަތި

ގަޑި/ ތަން:

ހަވީރު: 04:30 ޓްރެކް ބިމުގައި

    މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

    ނީލަމުން ނަންގަވާ ރުއް 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. 3 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަސް ބޭނުންނެތީކަމުގައި ބަލައި އުކައިލެވޭނެއެވެ.

    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 އޭޕްރިލް 2022
ހޯދާ