ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަސައްކަތުގެ މުއްދަތު: |
01 (އެކެއް) އަހަރު ދުވަސް ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.) |
އުޖޫރަ: |
މަހަކު -/15،000 |
ފެންވަރު/ޝަރުޠު |
(މި މަސަތްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) |
މައިގަނޑު މަސައްކަތްތައް |
ސަރުކާރާއި ދައުލަތުގެ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އެޕްލިކޭޝަން އަދި ނެޓްވަރކް އިންފްރާސްޓްރަކްޗަރގެ ޚިދުމަތްތައް އެއް ފެންވަރެއްގައި ފޯރުކޮށްދިނުމާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ދޭ ޚިދުމަތްތައް ރައްކާތެރިކަމާއެކު ފޯރުވައިދުނުމަށް ސެކިއުރިޓީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މިންގަނޑުތައް އެޅުން. މުވައްޒަފުން ތަމްރީނުކޮށް މަސައްކަތްތަކާ ގުޅިގެން ކުރާ މަސައްކަތްތާކާއި ބެހޭ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުން |
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
|
ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް [email protected] (ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
09 ޛުލްޤަޢިދާ 1435