މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
SCRAP METAL-KFC

No: 134-PRO/I/2022/25

އިޢުލާން 

ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

                      

        ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 50 މެޓްރިކްޓަންގެ ބާ ދަގަނޑު ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ކުޫއްޑޫ   7786229 އަދި 7791285 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

           ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. 

ދަގަނޑުތައް ނީލަންކިޔުން އޮންނާނީ،  10 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.00 ގައި މިފްކޯ ހެޑް އޮފީހުގައެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

           ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/10,000 (ދިހަހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ.  ނީލަން ކާމިޔާބު ކުރާ ފަރާތުން، 10 އޭޕްރީލް 2022  ވާ އާދިއްތަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރާ ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ ވަގުތުން އަބުރާ ލިބޭނެއެވެ.

 

ނީލަން ހުށަހަޅާ ތަން:     މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް

                     389 ނަންބަރު ކޮށި / މާފަންނު

                       ހިލާލީ މަގު / މާލެ

 

06 އޭޕްރިލް 2022
ހޯދާ