މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓީޗަރ ކޮލިޓީ ސާރވޭގައި ހޯދިފައިވާ ޑާޓާގެ ކުއެންޓިޓޭޓިވް އެނަލިސިސް އެއް ހަދާނޭ ކޮންސަލްޓަންޓެއް ހޯދުން

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ދައުވަތު (ކޮންސަލްޓެންޓް)

ޓީޗަރ ކޮލިޓީ ސާރވޭގައި ހޯދިފައިވާ ޑާޓާގެ ކުއެންޓިޓޭޓިވް އެނަލިސިސް އެއް ހަދާނޭ ކޮންސަލްޓަންޓެއް ހޯދުން

ޕްރޮކިއުމެންޓް ރިފަރަންސް: MV-MOE-288699-CS-INDV

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލެމުގެ ދަށުން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން، ރާއްޖޭގެ 131 ސްކޫލެއްގައި ހިންގުނު ޓީޗަރ ކޮލިޓީ ސާރވޭގައި ހޯދިފައިވާ ޑާޓާގެ ކުއެންޓިޓޭޓިވް އެނަލިސިސް އެއް ހެދުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

 

މަޤާމް: ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރަންސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޤާމަށް ހޮވުން:  މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޮވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލު ކުރާ އުސޫލް، ނޮވެމްބަރ 2020" ގައި ވާ ގޮތުގެ މަތިންނެވެ.

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  20 އޭޕްރިލް 2022 ގެ މެންދުރު 13:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް[email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.          

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 ޕްރޮޖެކްޓް ކޯޑިނޭޓަރ

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341295

އީމެއިލް : [email protected]  

06 އޭޕްރިލް 2022
ހޯދާ