މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް ޤާއިމު ކުރުން

މިމިނިސްޓްރީގެ ނަންބަރު IUL)30-J/30/2014/32)ފ(22 ޖުލައި 2014) ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ދަނޑުވެރިކަން ކުރާ ދަނޑުބިންތައް މި މިނިސްޓްރީގައި ލިސްޓުކުރުމަށް ހުޅުވާލި މުއްދަތުގެ ސުންގަޑި 20 އޮކްޓޫބަރު 2014 ގެ 13:00 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.

މިގޮތުން ދަނޑުވެރިންގެ ދަފުތަރުގައި ރަޖިސްޓަރީ ކުރުމުގެ އުސޫލު އަދި ދަނޑުވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވެބްސައިޓް www.fishagri.gov.mv އަދި ރަށުކައުންސިލް/ ސިޓީކައުންސިލުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322625 ނުވަތަ 3339248 ނަންބަރާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

7‏ ޛުލްޤަޢިދާ‏ 1435

02 ސެޕްޓެންބަރު 2014
ހޯދާ