ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްޖިދުއްސަލާމް މަރާމަތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 24 މާރިޗް 2022 ގައި ކުރެވުނު އިޢްލާން ނަންބަރު: (IUL)375/375/2022/14 އިޢްލާނާއި ގުޅިގެން، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން މަދުވެގެން 3 ފަރާތަކުން މަޢުލޫމާތު ސާފުކުރަން އައިސްފައިނުވާތީވެ، އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި ދަންނަވާ ތާރީޚަށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުމަށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތުދިނުން:
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 12 އޭޕްރީލް 2022ވާ އަންގާރަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 14 އޭޕްރީލް 2022ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
ބީލަން ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަން، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަން ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްކަންވެސް އަންގަމެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު 18/2014 ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.