ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

                                                

އިޢުލާން

ނަންބަރ

ު(IUL)421/421/2022/21

ތާރީޚް:

05 ރަމަޟާން  1443

06  އޭޕްރީލް   2022

ގދ.ވާދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

ގދ.ވާދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށްކުރި މިއިދާރާގެ ނަންބަރ: (IUL)421/421/2021/40 30 ޑިސެމްބަރ 2021 ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަމަށް އެކަށީގެންވާ އަގުތަކެއްކަމަށް މިއިދާރާގެ ބިޑް އިވަލުއޭޝަން ކޮމިޓީއަށް ނުފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

          ވީމާ،ގދ.ވާދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ މުއްދަތުގައި މިއިދާރާގެ ފޯންނަންބަރ 6840005 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމުގައިވެސް ދަންނަވަމެވެ. ސެކިއުރިޓީ ބެލެހެއްޓުމާބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތާއެކު ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހެޅުމަށް ދަންނަވަމެވެ.

  1. ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން
  2. ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ
  3. ޒިންމާވާ ފަރާތުގެ ނަމާއި އެޑްރެސް އަދި މަޤާމް
  4. ޒިންމާވާ ފަރާތުގެ ފޯނު ނަންބަރ
  5. އީމެއިލް އެޑްރެސް

         މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

ބީލަމުގައި ރަޖިސްޓްރީ ވުން

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން

06 އޭޕްރީލް 2022 އިން 14 އޭޕްރީލް 2022

17 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                                                                                                                                                      

                                                                       

                                                              ޚާޝިރު މުޙައްމަދު

                                                            ކައުންސިލްގެ ނާއިބް ރައީސް

06 އޭޕްރިލް 2022
ހޯދާ