އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި ޖަނަރޭޓަރުތައް ވިއްކާލުމާ ބެހޭ

މިއިދާރާގެ ނަންބަރު IUL)347/347/2014/50)ފ(10 އޮގަސްޓު 2014) ގައި ކުރި އިޢުލާނުގައި މަޢުލޫމާތު ރަނގަޅަށް ދެވިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ހަންޏާމީދޫ ރައްޔިތުންގެ އިންޖީނުގޭގައި ބޭނުންކޮށްފައި ހުރި 5 (ފަހެއްް) ޖަނަރޭޓަރާއި، ބައު ސިންކޮރޮނައިޒް ޕެނަލް ބޯޑެއް ސިޓީލާ ނީލަމުގައި ވިއްކާލާ ގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ފޮނުއްވަމުން ގެންދެވުން އެދެމެވެ. އަގު ހުށަ ހަޅުއްވާނީ ކޮންމެ ޖަނަރޭޓަރަކަށްވެސް ޕެނަލްބޯޑަށްވެސް ވަކިވަކިން އަގު އެނގޭ ގޮތަށެވެ. މިއިދާރާއިން ދޫކުރާ ފޯމަކުންވެސް އަގު ހުށަހެޅުއްވޭނެއެވެ. ނީލަން ފަށާގޮތަށް ހަމަޖެހިފައިވަނީ 09 ސެޕްޓެންބަރު 2014 ގައެވެ.

ނީލަމުގައި ވިއްކާލާ ތަކެއްޗާބެހޭ ތަފުސީލު:

#

ބާވަތް

ކިލޯ ވޮޓް

ގަތް ތާރީޚު

އެންމެފަހުން ބޭނުންކުރި ތާރީޚު

ޖަނަރޭޓަަރުގެ ޙާލަތު

ނީލަން ފަށާ އަގު

ފަހަރަކު އިތުރު ކުރެވޭނެ އެންމެދަށް އަގު

1

ހިމޮއިންސާ ޖަނަރޭޓަރ

80

ސަރުކާރުން 2010 ވަނައަހަރު ދެއްވި

މިހާރުވެސް ބޭނުންކުރާ

މިހާރުވެސް ބޭނުންކުރާ

45000.00

1000.00

2

ކަމިންސް(އިންޑިއާ)

66

2006/5/11

2012/2/2

އޯވަރހޯލްކޮށްފައި، ޓެންޕަރޭޗަރ ނުހިފެހެއްޓުމުންނާއި، ކުޑަވެގެން ބަހައްޓާފައި

40000.00

1000.00

3

ޑޮއިޓްސް

40

30/6/2000

2006

އިންޖީނު މަރާމާތުކުރަން ވެފައި، ޑައިނަމޯ ރިވައިންޑް ކުރިފަހުން ބޭނުންނުކޮށް

15000.00

500.00

4

ކަމިންސް(އިންގްލެންޑް)

40

2002/12/5

2005

ފިއުލް ޕަންޕު މައްސަލަ ޖެހުމުންނާއި، ކުޑަވުމުގެ ސަބަބުން ބޭނުން ނުކުރެވިފައި

15000.00

500.00

5

ޑޮއިޓްސް

50

2006/08/26

2010/7/13

ޑައިނަމޯ އަނދާފައި، ކުޑަވެގެން މަރާމާތު ނުކޮށް ބަހައްޓާފައި

15000.00

500.00

6

ޕެނަލް ބޯޑް

-

13/11/2010

-

ސިންކްރޮނައިޒް، 4 އިންޖީނު އެއްފަހަރާ ބޭނުންކުރެވޭ.

60000.00

5000.00

         މި ނީލަމުގައި، އެންމެފަހުން ހުށަހެޅި އަގަށް ބަދަލެއްނައިސް ރަސްމީ ބަންދު ނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެ އަގަކީ އެކަށީގެންވާ އަގެއްކަމުގައިވާނަމަ އެ އަގެއް ހުށަހެޅި ފަރާތަަކަށް އެ އެއްޗެއްގެ ނީލަން ނިންމާލެވޭނެއެވެ. މިއިޢުލާނުގައިވާ ތަފުސީލުގައި ކޮންމެ އެއްޗަކަށްވެސް އެންމެދަށްވެގެން އިތުރުކުރެއްވޭނެ އަގު ބަޔާންކޮށްފައިވާނެއެވެ.

         ސިޓީ ފޮނުއްވާނަމަ އެސިޓީގައި ފުރިހަމަނަމާއި ހުށަހަޅުއްވާ އަގާއި ދާއިމީއެޑްރެހާއި އައިޑީކާޑު ނަންބަރާއި ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ. ފެކްސިން ފޮނުއްވާނީ މި އިދާރައިގެ ފެކްސް ނަންބަރު 6680884 އަށެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.

         ހުށަހަޅުއްވާފައިވާ އެންމެމަތީ އަގު ކޮންމެ ރަސްމީދުވަހެއްގެ 14:30 ގައި މި އިދާރައިގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރައިގެ ފޯނުނަންބަރު 0056 668 އާއެވެ. ނުވަތަ 9922678، 7914643 މޯބައިލްއާއެވެ.

02 ސެޕްޓެންބަރު 2014
ހޯދާ