ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ފުޓްސަލް މުބާރާތަށް ސްޕޮންސަރ ހޯދުމާއިގުޅޭ

ހުޅުދެލީ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާއެކު މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމުގެ މަޤުސަދުގައި "ކައުންސިލްގެ ފުޓްސަލް މުބާރާތް 2022" ގެނަމުގައި ފުޓްސަލް މުބާރާތެއް އަންނަ ފިތުރު ޢީދުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި  ފުޓްސަލް މުބާރާތުގެ ތިރީގައިވާ ސްޕޮންސަރ ތަކަށް ހުށައެޅުމުގެ ފުރުސަތު 2022 އޭޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ސްޕޮންސަރކުރެއްވުމަށް ހުށައެޅުއްވުން އެދެމެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް،6760049 ނުވަތަ 9706907 އަހްމަދު ޝިޔާމް (ކައުންސިލް އޮފިސަރ) އަށް ގުޅުއްވުން އެދެމެވެ.

  • ބެވެރެޖް ޕާރޓްނާރ
  • އެކޮމޮޑޭޝަން ޕާރޓްނާރ
  • ސްޕޮންސަރ
  • 500 ރުފިޔާއަށް ވުރެން މަތީގެ ހުށަހެޅުމެއްނަމަ 2 ފޫޓް 8 ފޫޓްގެ 1 ބެނަރ ހަދައިގެން (ހުރިހާ ސްޕޮންސަރުންގެ ސްޕޮންސަރ 1 ބެނާއިން ފެންނަގޮތަށް)  ބަހައްޓައިދިނުމާއި އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހަރުކުރާ 8 ފޫޓް 8 ފޫޓްގެ ބިލްބޯޑުގައި ހުރިހާސްޕޮންސަރ ތައް ފެންނަގޮތަށް ބެހެއްޓުން.

      މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޭޕްރިލް 2022
ހޯދާ