ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވަލޮޕަރސް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

 

ބޭނުންވާ އަދަދު:

5 (ފަހެއް)

މަސައްކަތުގެ މުއްދަތު:

އެއް އަހަރު ދުވަސް ( މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ން ހަވީރު 03:00 އަށް (އޮފީހުން ބޭނުންވެއްޖެ ޙާލަތެއްގައި، ހަވީރު ފަހެއް ޖަހަންދެން މަސައްކަތްކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ: -/7،570 ރުފިޔާ

ސަރވިސް އެލަވަންސް: 5149.50 ރުފިޔާ

ފެންވަރު/ޝަރުޠު

  1. އައި.ޓީ ދާއިރާއިން އެޑްވާންސް ސެޓްފިކްޓް ހާސިލުކޮށްފައިވުން.
  2.  އެމް.ސީ.ޓީ.އެސް ސަނަދު ލިބިފައިވުން ނުވަތަ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 1 ސޮފްޓްވެއަރ ޑިވެލޮޕްކޮށްފައިވުން (1)
  3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  4. އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާނުލައި ޕްރޮޑަކްޝަން ލެވެލުގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  5. އަމިއްލައަށް ޕްރޮޖެކްޓް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
  6. ރަނގަޅުގޮތުގައި މީހުންނާ މުޢާމަލާތްކޮށް، މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ޙައްލުކުރަން އެނގުން.

ނޯޓް(1):  އަސާސީ ޝަރުޠުގައި ބަޔާންކޮށްފައިވާ ސޮފްޓްވެއަރ ތައްޔާރުކޮށް ނިމިފައިވާކަމަށް ބެލެވޭނީ، އެ ސޮފްޓްވެއަރއަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރއެއްކަމުގައި ވުމާއި، ސޮފްޓްވެއަރ ލިޔުމަށް މަދުވެގެން 3 "މޭން މަންތްސް" ހޭދަކުރަންޖެހޭކަމަށް ބެލެވި އެ ސޮފްޓްވެއަރއަކީ މިހާރުވެސް ބޭނުންކުރަމުންދާ ސޮފްޓްވެއަރއެއްކަމުގައިވުމާއި، ސޮފްޓްވެއަރ ޑިޒައިންކޮށްފައިވަނީ މޮޑަން ޑިޒައިން ޓެކްނީކްސް ބޭނުންކޮށްގެންތޯ ރިވިއުކޮށް، ޑިލިވަރކޮށްފައިވާ ސޮފްޓްވެއަރއާ ގުޅިގެން ރިފަރެންސް ލެޓަރއެއް ހުށަހަޅަންވާނެއެވެ.

(މި މަސަތްކަތަށް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލާއި "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) ން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ ޚިދުމަތަކަށް ރައްޔިތުންނަށް އޮންލައިންކޮށް އެދެވުމާއި،  ޚިދުމަތާ ގުޅިގެން ފައިސާ ދެއްކޭގޮތަށް ސިސްޓަމްތައް ތައްޔާރުކުރުން.
  2. އެ އިދާރާއަކުން އެ އިދާރާއެއްގެ ޚިދުމަތަކާ ގުޅިގެން ހުށަހަޅައިފައިވާ ރިކުއެސްޓްތައް ޓްރެކްކޮށް، ބަލައި، ޕްރޮސެސްކޮށް އެ ރިކުއެސްޓްތަކުގެ ސްޓޭޓަސް އަޕްޑޭޓްކުރެވޭނޭގޮތަށް ސިސްޓަމްތައް ޑިވެލޮޕްކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:  މި މަސަތްކަތައް ޝައުޤުވެރިވާ މީހުން، 15 ސެޕްޓެންބަރު 2014 ވާ ހޯމަދުވަހުގެ 1500 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected])   ފޮނުވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލްކުރާނީ [email protected]  އަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  (960) 334 4000، ފެކްސް ނަންބަރު: (960) 334 4004

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

 

‏09 ޛުލްޤަޢިދާ 1435

04 ސެޕްޓެންބަރު 2014
ހޯދާ