ދިވެހިރާއްޖެ
އިޢުލާން ނަންބަރު 332/2014/ADM -60 ގެ އިޢުލާނަށް ކެނޑިޑޭޓުން ލިބިފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ.
މަޤާމު: ފަޅުވެރިން ( ކޮންޓްރެކްޓަށް)
ޢަދަދު:2
ކޮންޓްރެކްޓް މުއްދަތު: 12 މަސްދުވަސް
އަސާސީ މުސާރަ: -/3،600 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯގެ އަމިއްލަ އުޅަނދުފަހަރުގައި ނުވަތަ މެނޭޖްކުރާ އުޅަނދުފަހަރުގައި
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް:
- ފުޑް އެންޑް ހާޑްޝިޕް އެލަވަންސް: -/350 ރުފިޔާ
- ކޮންޓްރެކްޓް އެލަވަންސް: -/720 ރުފިޔާ
* އޯވަރ ޓައިމް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން އޯވަރ ޓައިމް އެލަވަންސް ދޭވޭނެއެވެ
* ޕެންޝަން
* އެޓެންޑެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް -/55 ރުފިޔާ
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމްމުގެ މަސްއޫލިއްޔަތު:
* ކާގޯ ލޯޑިންގާއި ޑިސްޗާޖްކުރުމުގެ ކަންތައް މޮނީޓަރކުރުން.
* ދޯނީގައި ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ:
* ގްރޭޑް 7 ގެ ފެންވަރުހުރި މީހެއްކަމުގައިވުން.
* މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން ދެ އަހަރުދުވަހުގެ ތަޖުރިބާހުރި މީހެއްކަމުގައިވުންެ.
* ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 8 ވާ ހޯމަދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމް، މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
http://www.stomaldives.com/downloads/އެސްޓީއޯ ވެބްސައިޓް:
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލާފައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް/ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން:3344347/3344261 ފެކްސް: 3344041 ވެބްސައިޓް: www.stomaldives.com