އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ހަންޏާމީދޫ ކުރީގެ ޕްރީސްކޫލު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކުރީގެ ޕްރީސްކޫލު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް 04 ނޮވެމްބަރ 2021 ގައި ކޮށްފައިވާ ނަންބަރު: (IUL)347/347/2021/48 އިއުލާނާއި ގުޅިގެން އަގު ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ހަމައަށް ހުށަހަޅާފައި ނުވާތީވެ، އެ އިޢުލާނު ބާތިލުކޮށް އަލުން އިއުލާނުކުރަމެވެ.

                އދ.ހަންޏާމީދޫ ކުރީގެ ޕްރީސްކޫލު މަރާމާތުކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް، 05 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުން ފެށިގެން 11 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް މި އިދާރާއަށް ދުރުވެ، ނުވަތަ މި ކައުންސިލްގެ ނަންބަރ 6680056 ގުޅައި ބިޑު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަކާއި ސައިޓު ވިޒިޓިންގ އެއް 13 އޭޕްރީލް 2022 ވާ ބުދަ ދުވަހު މެންދުރުކުރީ 10:00 ގައި މި އިދާރާގައި އޮންނާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ. މިކަމަށްއެދި ބިޑު ހުށަހެޅޭނީ މި އިދާރާގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

04 އޭޕްރިލް 2022
ހޯދާ