ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުމާ ގުޅޭ.

(IUL)120-A/1/2022/34: ނަންބަރު  

 

އިޢުލާން

 

2021 އޮކްޓޯބަރ މަހު ބޭއްވުނު އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުމާ ގުޅޭ.

2021 އޮކްޓޯބަރ މަހު ބޭއްވުނު އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް، 2022 އޭޕްރިލް 06 ވާ ބުދަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ސެންޓަރުތަކަށާއި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިހާނުގައި ބައިވެރި ކެންޑިޑޭޓުންނަށް ދޫކުރަން ފަށާނެއެވެ. ސެޓްފިކެޓް ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:30 ން 12:30 އަށެވެ.

މި ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާއި ހަވާލުވުމަށް ކެންޑިޑޭޓުން އަންނައިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުންއެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.

04 ރަމަޟާން 1443

05 އޭޕްރިލް  2022

05 އޭޕްރިލް 2022
ހޯދާ