ދިވެހިރާއްޖެ
މި ސްކޫލަށް ލީޑިންގ ޓީޗަރެއް ބޭނުންވެގެން ކުރި ނަންބަރ GS66/IUL/2014/08 ގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
މަޤާމު: ލީޑިންގ ޓީޗަރ (ސެކަންޑަރީ/އިސްލާމް)
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަން: ތޮއްޑޫ ސްކޫލް/ އއ. ތޮއްޑޫ
ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލެވަންސް |
ޓްރެއިންޑް ލީޑިންގ ޓީޗަރ |
MS 1 |
ޓީޗިންގ ސަރވިސް އޮފިސަރ 2 |
ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/5،610 ރުފިޔާ |
-/2،500 ރުފިޔާ |
ގްރެޖުއޭޓް ލީޑިންގ ޓީޗަރ |
MS 2 |
ޓީޗިންގ ސަރވިސް އޮފިސަރ 3 |
ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/6،295 ރުފިޔާ |
-/2،500 ރުފިޔާ |
|
MS 3 |
ޓީޗިންގ ސަރވިސް އޮފިސަރ 4 |
ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/7،035 ރުފިޔާ |
-/2،500 ރުފިޔާ |
ކޮލިފައިޑް ލީޑީންގ ޓީޗަރ |
MS 4 |
ޓީޗިންގ ސަރވިސް އޮފިސަރ 5 |
ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/7،875 ރުފިޔާ |
-/2،500 ރުފިޔާ |
|
EX 1 |
ޓީޗިންގ ސަރވިސް އޮފިސަރ 6 |
ޓީޗިންގސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/8،835 ރުފިޔާ |
-/2،500 ރުފިޔާ |
|
EX 2 |
ޓީޗިންގ ސަރވިސް އޮފިސަރ 7 |
ޓީޗިންގސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/9،890 ރުފިޔާ |
-/2،500 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ޕްރިންސިޕަލާއ ޑެޕިޔުޓީ ޕްރިންސިޕަލްގެ ލަފާގެދަށުން ސެކަންޑަރީ ގްރޭޑްތަކުގެ "އިސްލާމް" މި މާއްދާ އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުމާއި، އެކަންތައްތައް ހިނގާގޮތް ބަލައި ޗެކްކުރުން.
- ސެކަންޑަރީ ކްލާސްތަކުގެ "އިސްލާމް" މި މާއްދާ ކިޔަވައިދޭ ޓީޗަރުންގެ ފިލާވަޅުތައް އޮބްޒާވްކޮށް ފީޑްބެކް ދިނުމާއި، ޓީޗަރުންގެ ލެސަން ޕްލޭން ޗެކްކޮށް، ކިޔަވައިދިނުން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- ދަރިވަރުންގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް އިންތިޒާމްކުރެވޭ އިތުރު ހަރާކާތްތައް ރޭވުމާއި ހިންގުން.
- ހަވާލުކުރާ ކްލާސްތަކުގެ ދަރިވަރުންގެ ފެންވަރު މަތިކުރުމުގެގޮތުން ހަރަކާތްތައް ރާވައި ހިންގުމާއި، އެކަންކަމުގެ ރިކޯޑުތައް ބެލެހެއްޓުން.
- ދަރިވަރުންގެ ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުސޫލުތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، އެކަންކަމުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި މުދައްރިސުންނަށް އެހީތެރިވުން.
- ޓީޗަރުންގެ ފެންވަރު މަތިކުރުމަށްޓަކައި ފަންނީ ޤާބިލުކަން ކުރިއެރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
- މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން.
- މީގެ އިތުރުން، ވަޒީފާބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ޤަވާއިދާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު މީހެއްހޯދުމަށް ބެލޭނެ ކަންތައްތައް:
- މި މަޤާމަށް މީހަކު ހޮވުމުގައި ޝަރުޠު ހަމަވާކަމަށް ބެލެވޭނީ ތަޢުލީމީ ދާއިރާއިން ކިޔަވައިދިނުމުގެ ރޮނގުން ތަމްރީނު ހޯދާފައިވާ ފަރާތްތަކެވެ.
- ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 1 އޭޕްރީލް 2013 ގައިވާ ކަންކަމަށް ބެލޭނެއެވެ.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން ( ތަޖުރިބާއަށް ބަލާއިރު ސެކަންޑަރީއާއ ހަޔަރ ސެކަންޑަރީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ބާއްވައިގެން.
އުޖޫރައާއި ޢިނާޔާތްތައް:
- ހަމަޖެހިފައިވާ އުސޫލުން ޓެނުއަރޝިޕް އެލަވަންސް ފައިސާ ލިބޭނެއެވެ.
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދޭނެއެވެ.
ސުންގަޑި : ޝަރުޠު ހަމަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 15 ވާ ހޯމަދުވަހުގެ 14.00 ގެ ކުރިން، ތިރީގައި މިބަޔާންކޮށްފައިވާ ތަކެއްޗަކާއެކު މި ސްކޫލަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1 . ވަޒީފާއަށް އެދޭ ފޯމް
2 . ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3 . ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަސްލު)
4 . ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
5 . ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ލިޔުންތައް.
6 . ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
7 . ސިވިލްސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤުހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕްއިންޓެއް ނުދެވޭނެއެވެ.) އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް: ފޯނު 6660819 ، ފެކްސް 6660819، އީމެއިލް: [email protected]
ނޯޓް:
* މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، 2014 ސެޕްޓެންބަރުމަހުގެ ތެރޭގައި މި ސްކޫލުގައި އޮންނާނެއެވެ.
* ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެ)