މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ރަން ދިހަފަހެއް ނޫޓު ސީރީޒް އަދި ހަނދާނީނޫޓަށް ކުރެހުން ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލުން

"ރަން ދިހަފަހެއް ނޫޓު ސީރީޒް" އަދި  ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ނެރުމަށް ހަމަޖެހިފައިވާ "ހަނދާނީނޫޓު" އަށް ކުރެހުން ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލުން


ޒަމާނީ ސަލާމަތީ ސިފަތަކާއި، މުޅިން އައު ޑިޒައިނަކާއެކު "ރަން ދިހަފަހެއް" ގެ ނަމުގައި ދިވެހި ރުފިޔާގެ އައު ނޫޓު ސީރީޒެއް 2015 ވަނަ އަަހަރުގެ ތެރޭގައި ތަޢާރަފު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން މިހާރު މިދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މިނިވަން ކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން "ހަނދާނީ ނޫޓެއް" ވެސް 2015 ވަނަ އަހަރު ނެރުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތުން، ރަން ދިހަފަހެއް ސީރީޒް އަދި ހަނދާނީ ނޫޓުގައި ހިމެނުމަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލަމެވެ. އަދި، މިކަމަށް ހޮވޭ ކުރެހުންތަކަށް 13,000.00 ރުފިޔާއިން ފެށިގެން 300,000.00 ރުފިޔާގެ އަދަދެއް އިނާމެއްގެ ގޮތުގައި ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުރެހުން ހުށަހަޅަން އެދޭ ފަރާތްތަކުން މި އިޢުލާނާއެކުވާ ޕްރޮޕޯޒަލް ފޯމާއި، އިޤްރާރު ފޯމު ފުރިހަމަކޮށް 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެމް.އެމް.އޭ. އަށް ހުށަހެޅުން އެދެމެވެ. ކުރެހުންތައް ހުށަހެޅުމުގެ އުސޫލު، ޕްރޮޕޯޒަލް ފޯމު އަދި އިޤްރާރު ފޯމު އެމް.އެމް.އޭ.ގެ ވެބްސައިޓް www.mma.gov.mv ން އަދި އެމް.އެމް.އޭ. ގެ ރިސެޕްޝަން (ގްރައުންޑް ފްލޯރ) އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ 9191005 އެވެ. މި ނަންބަރުން މަޢުލޫމާތު ލިބޭނެ ވަގުތުތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.

ރަން ދިހަފަހެއް ސީރީޒާއި، ހަނދާނީ ނޫޓު ކުރެހުމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އޮންނާނީ 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހާއި، 13 ސެޕްޓެންބަރު 2014 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި ސްޓެލްކޯ ކޮންފަރެންސް ރޫމުގައެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ނަމާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އަދި ބައިވެރިވާން ބޭނުންވާ ކޮންމެވެސް އެއް މަޢުލޫމާތު ސެޝަނަކަށް، 9 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ދެގޮތުގެ ތެރެއިން ގޮތަކަށް ރަޖިސްޓަރީކުރަން ވާނެއެވެ.

  1. [email protected] އަށް އީމެއިލް ކުރުން
  2. އެމް.އެމް.އޭ. ގެ ރިސެޕްޝަން (ގްރައުންޑް ފްލޯރ) އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 15:00 އާ ދެމެދު މަޢުލޫމާތު ހުށަހަޅާ ރަޖިސްޓަރީ ކުރުން

މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށްވެސް ކުރެހުން ހުށަހެޅިދާނެއެވެ.

09 ޛުލްޤަޢިދާ 1435

03 ސެޕްޓެންބަރު 2014
ހޯދާ