ދިވެހިރާއްޖެ
ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަންތަން އެއްވިއުގައަކުން ގުޅާލުން
ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ ނަންބަރ (ILU)F1HC-AHR/F1HC/2021/02 ( 14 މާރިޗު 2021 ) އިޢްލާން ބާޠިލްކޮށް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ބ. ކުޑަރިކިލު ކައުންސިލްގެ އިދާރާއިން ފެށިގެން ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒަށް ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ކޯރުކޮނެ ކޭބަލް ވަޅުލައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސީޓީއަކުން ހުށައަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސަރުކާރު ރަސްމީ ގަޑީގައި މި މަރުކަޒުގެ ނަންބަރ 6600052 ފޯނަށް ގުޅުއްވުން އެދެމެވެ.