ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑިޔުކޭޝަން އޮފިސަރ

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

އެޑްވަކަސީ ޑިޕާޓްމަންޓް

އެސިސްޓެންޓް އެޑިޔުކޭޝަން އޮފިސަރ

01

މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލު ކޮށްފައިވުން، ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލު ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް

ހެނދުނު 8:00 އިން  މެންދުރުފަހުގެ 15:00  އަށް،

 

މަހަކު

-/9,550

ރުފިޔާ

  • އަތޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރިކުރުމާއި ބެހޭ ގޮތުން ބާއްވާ ބައްދަލުވުންތަކާއި ޓްރެއިނިންގ ޕްރޮގުރާމުތަކާއި ސެމިނާ ފަދަ ކަންކަން، ކަމާގުޅޭ އެންމެހައި އިދާރާތަކާއި ގުޅިގެން ވިލަރެސްކުރުމަށް އެހީތެރިވުން
  • އަތޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރިކުރުމާ ބެހޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި ޓްރެއިނިންގ ޕްރޮގުރާމުތަކާއި ސެމިނާ ފަދަ ކަންކަން ރާވައި ހިންގުމުގައި އެހީތެރިވެ އަތޮޅުތަކަށް ގޮސް އަމަލީގޮތުން ބައިވެރިވުންް.
  • ތަޢުލީމީ ނިޒާމުގެ ތެރެއިން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތް ކުރުން،
  • ޢާންމު ރައްޔިތުންނަށާއި އަދި ވަކި ބަޔަކަށް އަމާޒުކޮށްގެން އިންސާނީ ޙައްޤުތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުންނާއި އަދި ކޮމިޝަނާބެހޭ މަޢުލޫމާތު ދިނުމުގެ ގޮތުން އެޑިއުކޭޝަނަލް މެޓީރިއަލް އުފެއްދުން

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، މުސާރައިގެ އިތުރުން ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލުން ލިވިންގ އެލަވަންސް، ސަރވިސް އެލަވަންސް އަދި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑީގައި މަސައްކަތް ކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.   

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި: 2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3003152، 3003140 ނަންބަރުގެ ފޯނަށެވެ.

                                                07  ޛުލްޤަޢިދާ 1435

02 ސެޕްޓެންބަރު 2014
ހޯދާ