މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މަދްރަސަތުލް އިފްތިތާޙުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތް

  1. މަދްރަސަތުލް އިފްތިތާޙްގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 އެޕްރީލް 05 ން 07 މެއި ގެ ނިޔަލަށް  މަދްރަސާއަށް ދުރުވެ ނުވަތަ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2022 އެޕްރީލް 07 ވަނަ ދުވަހުގެ 10:30ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 އެޕްރީލް 07 ވަނަ ދުވަހުގެ 11:00 ގައި މިމަދްރަސާގެ މީޓިންގ ރޫމްގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 އެޕްރީލް 11 ވަނަ ދުވަހުގެ 11:30ގައި މަދްރަސަތުލް އިފްތިތާޙުގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  9. މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު

10. ފޯން: 6620288

11. އީމެއިލް: [email protected]

04 އޭޕްރިލް 2022
ހޯދާ