ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ރިސާރޗް އެސިސްޓެންޓް

މަޤާމު:

ރިސާރޗް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 6,295.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 1,659.00 ރ

އޮފީސް:

ދަ ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ސެންޓަރ

ސަރވިސް އެލަވެންސް:

މަހަކު 2,000.00 ރ

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 2

 

މަޤާމުގެ އަސާސީ ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ނެެޗުރަލް ރިސޯސް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒިފާގެ މަޢުލޫމާތު:

  • މިއީ ޔުނެޕް (UNEP) ގެ ކޮންސްލްޓަންސީ އެއްގެ ދަށުން "މެޕިންގ އެންޑް އެންހޭންސިންގ ނެޗުރަލް ރިސޯސް ގަވަރނަންސް އިން ސްމޯލް އައިލަންޑް ކޮމިއުނިޓީޒް' ގެ ނަމުގައި ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ރިސާރޗް ސެންޓަރުން ކުރަމުންދާ ރިސާރޗް ޕްރޮޖެކްޓެކެވެ.
  • މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގައި ޤުދުރަތީ ވަސީލަތް ބޭނުންކުރުމާ ބެހޭ ކަންކަން ރާވައި ހިންގާ ގޮތްތައް ދެނެގަތުމާއި މިކަންކަން ހަރުދަނާކުރުމަށް އެހީތެރިވުމަށްޓަކައި އެކި ފެންވަރުގައި ބޭނުންވާ ކެޕޭސިޓީ ބިނާކުރުމާއި އެހީތެރިވާނޭ އިތުރު ގޮތްތައް ޤާއިމު ކުރުމެވެ.
  • ރިސާރޗް އެސިސްޓަންޓެއްގެ ގޮތުގައި ހޮވޭ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތު ތެރޭގައި ހިމެނެނީ ތިރީގައިވާ ޙަރަކާތްތަކުގައި ލީޑް ރިސާރޗަރއަށް އެހީތެރިވުމެވެ.

އެދެވޭ ސިފަތައް

ތިރީގައިވާ ހުނަރާއި ޤާބިލުކަން އަދި ތަޖުރިބާ ހުރިކަން ސާބިތުކޮށްދެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • ދިވެހިރާއްޖޭގައި އެންވަޔަރަމަންޓުގެ މެނޭޖްމަންޓު ގެ ދާއިރާއިން 2 އަހަރު ދުވަހުގެެ އަމަލީ ތަޖުރިބާ ލިބިފައިވުން
  • ދިވެހި އަދި އިނގިރޭސި ބަހުން އެކަށީގެންވާ ފެންވަރަށް މުޢާމަލާތު ކުރުމުގެ ހުނަރު ހުރުމާއެކު ޕްރޮޖެކްޓް މެނޭޖްކުރުމާއި ޓެކްނިކަލް ރިޕޯޓު ލިޔުމުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

ރިސާރޗް އެސިސްޓަންޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ތިރީގައިވާ ހަރަކާތްތަކުގައި ލީޑް ރިސާރޗަރއަށް އެހީތެރިވުމެވެ.

  • ޤައުމީ ފެންވަރުގައި ތައްޔާރުކުރެވިފައިވާ ތަފާތު ރިޕޯޓުތަކާއި އަދި މެންގްރޯވްސް ފޮރ ދަ ފިއުޗަރ ގެ ފަރާތުން 2005-2007 ގައި ތައްޔާރުކޮށްފައިވާ އިންޓަގްރޭޓަޑް ކޯސްޓަލް މެނޭޖްމަންޓް ރިޕޯޓުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާ ބެހޭ ފްރޭމްވާރކްތައް މުޠާލިޢާކުރުން.
  • މި ޕްރޮޖެކްޓު އަމާޒުކުރެވޭ އަތޮޅުގައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުން
  • ރާއްޖެގެ ޤުދުރަތީ ވަސީލަތްތަކާ ބެހޭ ކަންކަން ހިންގުމާބެހޭ ރިވިއު ރިޕޯޓެއް ތައްޔާރުކުރުން. ޤައުމީ އަދި އަތޮޅު ފެންވަރުގައި ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާއި، ހިންގުމަށް ހުރި ވަސީލަތްތަކާއި ފަންނީ ޤާބިލުކަމާއި އަދި އިތުރަށް ބިނާކުރަންޖެހޭ ކަންކަން މި ރިޕޯޓުގައި ހިމަނަންވާނެއެވެ.
  • މުޖްތަމަޢުގެ ފެންވަރުގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި ބެހޭކަންކަން ހިންގުމުގައި ހިއްސާކުރެވިދާނެ ގޮތްތަކާބެހޭ ރިސޯސް ޓޫލްކިޓެއް ތައްޔާރުކުރުމަށް އެހީތެރިވުން.
  • ޤުދުރަތީ ވަސީލަތް ބޭނުންކުރުމުގެ ކަންކަން ހިންގައި ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމަށް ރިސޯސް ޓޫލްކިޓެއް ތައްޔާރުކުރުމަށް އެހީވުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  4. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓެއް ވަޒީފާ އަދާކުރައްވާނީ ވަގުތީ ކޮންޓްރެކްޓެއްގެ ދަށުން 03 މަސް ދުވަހުގެ މުއްދަތައްށެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
04 ސެޕްޓެންބަރު 2014
ހޯދާ