މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސަރވިސްއަށް ލޯންޗެއް (އިންޖީނާއި އެހެނިހެން ތަކެއްޗާއެކު) ގަންނަން ބޭނުންވެއްޖެ.
މި ސަރވިސްއަށް ލޯންޗެއް (އިންޖީނާއި އެހެނިހެން ތަކެއްޗާއެކު) ގަތުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)167-PR/167/2022/15 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތު ސާފުކުރުން |
14 އޭޕްރިލް 2022 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
24 އޭޕްރިލް 2022 |
އާދިއްތަ |
11:30 |
04 އޭޕްރިލް 2022
ހޯދާ