ދިވެހިރާއްޖެ
މި ޑިޕާޓްމަންޓުންދޭ މަޢުލޫމާތާއި އެއްގޮތަށް 4 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 14 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:15 އަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ވަޑައިގެން އަގުހުށަހެޅުއްވުންއެދެމެވެ.
ބީލަމާއިބެހޭ މަޢުލޫމާތު އަދި ގަންނަން ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިޑިޕާޓްމަންޓުގެ ވެބްސައިޓް https://www.dnr.gov.mv/#_iulaan އިންވެސް ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު 12 އޭޕްރީލް 2022 ވާ އަންގާރަ ދުވަހު މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރަންވާނެއެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 10 އޭޕްރީލް 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.